all articles

!ތިޔަ ކަންނެތްކަން ދޫކޮށްލާފައި މި 4 ކަންތައް އަޅެ ކޮއްލަބަލާށެވެ

Share
telegram

!ތިޔަ ކަންނެތްކަން ދޫކޮށްލާފައި މި 4 ކަންތައް އަޅެ ކޮއްލަބަލާށެވެ

 

ކޮންމެ ދުވަހަކުވެސް ހޭލާ ގަޑިއަކަށް މެންދުރު 12 ޖަހާއިރު ނުވަތަ މެންދުރު ފަހު 2 ޖަހާއިރަށް ނުހަދާށެވެ. ކޮންމެ ދުވަހަކުވެސް އަވަހަށް ނިދާފައި އަވަހަށް ހޭލަން އާދަ ކުރާާށެވެ. ތިރީގައި މި ބަޔާން ކުރަނީ ތިބާ އުފާވެރި މީހެއްގެ ގޮތުގައި ހުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ދުވަހުގެ ތާވަލެކެވެ.

 

1.    ކޮންމެ ދުވަހަކުވެސް ފަތިހު ހޭލާށެވެ.

o      އަދި ފަތިސް ނަމާދު ކޮށްލައިގެން ހެނދުނުގެ ޛިކުރުތައް ކިޔާލާށެވެ. އޭރުން ދުވަހުގެ ފެށުން ވަރަށް "ކްރިއޭޓިވް" ވާނެއެވެ. އަދި މުޅި ދުވަސް ވަރަށް ތާޒާ ވާނެއެވެ. މިއީ އަޅުގަނޑުމެން ތަޖުރިބާ ކޮށްފައި ހުރި ކަންކަމެވެ. ކަންނެތްކަން ފިލާ މުޅި ދުވަސް މުރާލިކަން މަތީގައި ދެމިހުރެވޭނެއެވެ. 

2.    ހެނދުނުގެ ނާސްތާ ނަގާށެވެ. 

3.    މަދުވެގެން 15 މިނެޓް ކަސްރަތު ކޮށްލާށެވެ. ނުވަތަ ހިނގާލަން ނުކުމެލާށެވެ. 

4.    ކޮންމެ ދުވަހަކުވެސް އާ "ހެބިޓް" އެއް ދަސްކުރެވޭތޯ ބަލާށެވެ.

o      ކޮންމެ މީހަކީ ވެސް ތަފާތު މީހެކެވެ. އަދި ކުރުމަށް ލޯބި ކުރާ ކަންތައްތައްވެސް ތަފާތު ވާނެއެވެ. ބައެއް މީހުންނަކީ ކުރަހާ ހިތްވާ މީހުންނެވެ. މިހެން ގޮސް އެމީހަކު ކުރުމަށް އެންމެ ލޯބި ކުރާކަމެއް ކުރާށެވެ.

 

ދެން ތިބާގެ ދުވަސް ފަށާށެވެ.

ކޮންމެ ދުވަހެއްވެސް މިގޮތަށް އަޅެ ފަށަން މަސައްކަތް ކޮށްލަމާތޯއެވެ. ތިބާގެ ދިރިއުޅުމަށް އަންނަ ބަދަލު ނިކަން ތަޖުރިބާ ކޮށްލައްވާށެވެ. ހަމަ ޔަގީނެއެވެ. ތިބާގެ ޙަޔާތް ވަރަށް އުފާވެރި ވާނެއެވެ.

Other Articles

View All

!ތިޔަ ކަންނެތްކަން ދޫކޮށްލާފައި މި 4 ކަންތައް އަޅެ ކޮއްލަބަލާށެވެ